ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ އުވާލައިފި
މިސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު, ސަރުކާރުގެ ސިޔާސަތުތައް ހަރުދަނާ ކުރުމަށް ގެނައި ބަދަލުތަކުގެ ދަށުން އުފެއްދި ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ އުވާލައިފިއެވެ.
ކެބިނެޓްގައި ހިމެނޭ 20 މިނިސްޓަރުންގެ ތެރެއިން އިއްޔެ ވަނީ 10 މިނިސްޓަރަކު މަގާމުން އިސްތިއުފާ ދެއްވާފައެވެ. އޭގެ ތެރޭގައި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވެސް ހިމެނިވަޑައިގަންނަވައެވެ.
ލޯކަލް ގަވަމެންޓް މިނިސްޓްރީ އުވާލައި، އެ މިނިސްޓްރީގެ ޕަބްލިކް ވޯކްސްގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.
އެ މިނިސްޓްރީ ވުޖޫދު ނުވާއިރުވެސް އެ ހުރިހާ މަސައްކަތެއް ބެލެހެއްޓީ ހައުސިން މިނިސްޓްރީގެ ދަށުންނެވެ.
ކައުންސިލްތަކުގެ ބެލެނިވެރި ފަރާތުގެ ގޮތުގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އޮއްވައި މިނިސްޓްރީއެއް އުފެއްދުމުން އާންމުން ވަނީ އޭރު ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.