ޚަބަރު

މޫސުމީ ބަދަލުތަކުން ނުރައްކާ ބޮޑު ގައުމުތަކަށް ދޭ އެހީ އިތުރުކުރަން ގޮވާލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާބޮޑު ގައުމުތަކަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްުދުﷲ ގޮވާލައްވައިފިއެވެ.

Ads by Allied

އަބްދުއްރަހީމް އެފަދައިން ގޮވާލެއްވީ ތުރުކީވިލާތުގެ އިސްތަންބުލްގައި ކުރިއަށްދާ އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ 152ވަނަ އެސެމްބްލީގައި ތަގުރީރު ކުރައްވަަމުންނެވެ.

އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި ސަލާމަތީ ކަންކަމާ ހުރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ހާއްސަކޮށް ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރެއްގައި މަސައްކަތްތަކެއް ކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާބޮޑު ގައުމުތަކަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.

އަދި، އިންޞާފު ގައިމުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި މުސްތަގުބަލެއް ކަށަވަރުކޮށްދިނުމަށްޓަކައި، ވަރުގަދަ ޑިމޮކްރެޓިކް މުއައްސަސާތަކެއް ހުރުމާއި، ޒިންމާދާރުވެރިން ގާއިމުކުރުމާއި، އިންސާނީ ހައްގިތަކަށް އިހުތިރާމްކުރުމުގެ އިތުރުން ގާނޫނުގެ ސިޔާދަތު ދެމެހެއްޓުމުގެ މުހިންމުކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އައިޕީޔޫގެ މިއަހަރުގެ އެސެމްބްލީގެ މައުޟޫ ކަމަށްވާ "އަންނަން އޮތް ޖީލުތަކަށްޓަކައި، އުންމީދު އާލާކޮށް، ސުލްހަ މަސަލަސްކަން ގާއިމުކޮށް، އަދި އިންސާފު ކަށަވަރުކޮށްދިނުން" މި މައުލޫއަށް އަލިއަޅުއްވާލައްވަމުން، މަޖިލީހުގެ ރައީސްވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި، ހަނގުރާމަތަކާއި އަދި ތަފާތުކުރުންތަކުން އުފެދިފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި ގާނޫނު ހަދާ މަޖިލިސްތަކުގެ ޒިންމާ ބޮޑުކަން ވެސް ފާހަގަކުރައްވާފައެވެ.

Ads by Allied Insurance