ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ ގޮނޑި ޕީއެންސީ ކާމިޔާބުކޮށްފި
މި މަހުގެ 4ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުތަކުގެ ތެރެއިން ނަތީޖާ އެއްވަރުވުމުގެ ސަބަބުން ބޭއްވި ދެވަނަ ބުރުގައި ހއ. ކެލާގެ އިންތިޚާބު ވެރިކަންކުރާ ޕާޓީ ކޮންގްރެސް ޕާޓީން ކާމިޔާބުކޮށްފިއެވެ.
މި އިންތިޚާބުގައި ނަތީޖާ އެއްވަރުވެ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ކެންޑިޑޭޓު ހައްވާ ފަޒްނާއާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ކެންޑިޑޭޓު މަހުދިއްޔާ އާދަމްއާ ދެމެދު ބޭއްވި އިންތިޚާބެކެވެ.
މި އިންތިޚާބުގައި ހަތަރު ފޮއްޓެއް ބަހައްޓައިފައި ވެއެވެ. އެއީ އެ ރަށުގައި ބެހެއްޓި ދެ ފޮއްޓާއި މާލޭގައި ބެހެއްޓި ދެ ފޮއްޓެވެ. މި ފޮށިތަކުގެ ނަތީޖާތަކަށް ބަލާއިރު ކެލާގެ ދެ ފޮށިން ފަޒްނާ ވަނީ ކުރިހޯދާފައެވެ. މާލޭގެ 2 ނަންބަރު ފޮށިން 5 ވޯޓުގެ ތަފާތަކުން މަހުދިއްޔާ މޮޅުވި ނަމަވެސް ޖުމްލަ ނަތީޖާއަށް ބަލާއިރު 50 ވޯޓުގެ ތަފާތަކުން ފަޒްނާ ވަނީ ކުރި ހޯދާފައެވެ.