ޚަބަރު

ޑެންގީ ޖެހިގެން 17 އަހަރުގެ އަންހެން ކުއްޖަކު ނިޔާވެއްޖެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މުލީ ރީޖަނަލް ހޮސްޕިޓަލް--

ޑެންގީ ހުން ޖެހިގެން 17 އަހަރުގެ އަންހެން ކުއްޖަކު ނިޔާވެއްޖެއެވެ.

Ads by Allied

ނިޔާވީ މ. މުލިއަށް ނިސްބަތްވާ އައިޝަތު އަންޖަލް މުމްތާޒްއެވެ.

"ދެން" އަށް އެނގިފައިވާ ގޮތުން އަންޖަލް ނިޔާވީ ރޭ މުލީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އޭނާގެ ކަށު ނަމާދު މުލީގައި ހުންނަ މަސްޖިދުލް މުސާވަތުގައި ވަނީ މިއަދު ހުކުރު ނަމާދަށް ފަހު ކޮށްފައެވެ.

މި ފަހަކަށް އައިސް ރާއްޖޭގައި ޑެންގީ ހުން އިތުރުވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވެސް ވަނީ ފާހަގަކޮށްފައެވެ.

މިއީ މި ފަހުން ޑެންގީ ހުން ޖެހިގެން މި ފަހުން މަރުވި ފުރަތަމަ ކޭސްއެެވެ.

މަދިރީގެ ޒަރިއްޔާއިން ޖެހޭ ޑެންގީ ބައްޔަކީ ފުރާނައަށް ނުރައްކާތެރި ބައްޔެކެވެ.

Ads by Allied Insurance