ޚަބަރު

މަސްތުވާތަކެއްޗާއި މަނާ ބޭސްތަކެއް ރާއްޖެ އެތެރެކުރި ބަޔަކު ހައްޔަރުކޮށްފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން

ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެއްޗާއި، މަނާ ބޭސްތަކެއް ރާއްޖެ އެތެރެކުރި ބިދޭސީ ބަޔަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

Ads by Allied

މިމަހުގެ 22 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރު ކުރި ދެމީހުންނަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ ޝިފުލް 40، އާއި ސަޖިބް 32،އެވެ.

ފުލުހުން ބުނީ މި ދެމީހުންނަކީވެސް މަސްތުވާތަކެއްޗާއި މަނާ ބޭސްތަކެއް ރާއްޖެއަށް އެތެރެކުރި ކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓައި، އެ ހިދުމަތާ ހަވާލުކުރި ބައެއް ކަމަށެވެ.

އެމީހުން އަތުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1105 ގްރާމު ހުއްޓެވެ.

އެމީހުންގެ ބަންދާމެދެ ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެމީހުންވެސް 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.

Ads by Allied Insurance