ޚަބަރު

ވިސާއާ ނުލާ ދިވެހީންނަށް އަޒަރުބައިޖާން އަށް ދަތުރުކުރެވޭ ގޮތަށް ހަމަ ޖައްސައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފޮރިން މިނިސްޓްރީ ހިންގާ ފަތުހުﷲ ޖަމީލް ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

ވިސާއާ ނުލާ ދިވެހީންނަށް އަޒަރުބައިޖާން އަށް ދަތުރުކުރެވޭ ގޮތަށް ހަމަ ޖައްސައިފިއެވެ.

Ads by Allied

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އަޒަރުބައިޖާން އަށް ދަތުރުކުރާ ދިވެހިންނަށް ވިސާ އާ ނުލައި ނުވަދިހަ ދުވަހުގެ މުއްދަތަށް އެ ގައުމަށް ޒިޔާރަތް ކުރެވޭގޮތަށް މިއަދުން ފެށިގެން ހަމަޖެހިގެންގޮސްފައިވާ ކަމަށެވެ.

މިއީ 24ސެޕްޓެމްބަރ 2025ގައި ދިވެހިރާއްޖެ އާއި އަޒަރުބައިޖާން އާ ދެމެދު ސޮއިކޮށްފައިވާ ވިސާ އެގްޒެމްޝަން އެއްބަސްވުމުގެ ދަށުން ހަމަޖެހުނު އުސޫލެއް ކަމަށާއި އެ އުސޫލަށް އަމަލުކުރަން ފެށީ މިއަދު ކަމަށް މިނިސްޓްރީން ބުންޏެވެ.

ނަމަވެސް، އެ ގައުމުގައި ދިގު މުއްދަތަކަށް ތިބުމަށާއި، ވަޒީފާ އަދާކުރުމާއި ތަޢުލީމް އުނގެނުމަށް ނުވަތަ ވިޔަފާރި ކުރަން ގަސްދުކުރާ ފަރާތްތަކުން ދަތުރުކުރުމުގެ ކުރިން ކަނޑައެޅިފައިވާ ވިސާއެއް ހޯދަންޖެހޭނެކަމަށް މިނިސްޓްރީން ބުންޏެވެ.

މި އެއްބަސްވުމަށް އަމަލުކުރަން ފެށިގެން ދިއުމަކީ ދިވެހީންނަށް ވިސާ އާ ނުލައި އަޒަރުބައިޖާން އަށް ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ދިވެހި ސަރުކާރުން ކުރަމުން ގެންދިޔަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަންވެސް ފާހަގަކުރިއެވެ.

Ads by Allied Insurance