Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ތެލުގެ ރިޒާވް ބިނާކުރަން މާލެ ސަރަޙައްދުން ދެ ފަޅެއްގެ ސަރވޭ ފަށަނީ

ތެލުގެ ރިޒާވް ބިނާކުރަން މާލެ ސަރަޙައްދުން ދެ ފަޅެއްގެ ސަރވޭ ފަށަނީ

ސަރުކާރުން ބިނާކުރަން ނިންމާފައިވާ ޤައުމީ ތެލުގެ ރިޒާވް މާލެ ސަރަޙައްދުގައި ޤާއިމުކުރުމަށް ދެ ފަޅެއް ބަލަމުން އަންނަކަން މާލީ ވަޒީރު މޫސާ ޒަމީރު މިއަދު ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވައިލެއްވި ޚާއްޞަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޒަމީރު ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢަށް އެކަށީގެންވާ ތަންތަން ކަނޑައެޅުމުގެ ސަރވޭ އަންނަ ހަފުތާގައި ފަށާނެއެވެ. އަދި މި ދިރާސާތައް ނިންމުމަށް ފަހު އެކުލަވާލާ ފައިނަލް ރިޕޯޓު ރައީސަށް އެރުވުމަށް ވަނީ ހަމަޖެހިފައެވެ.

މިވަގުތު ކުރިއަށްދަނީ މި ބޮޑު މަޝްރޫޢުގެ ޕްލޭންތައް އެކުލަވައިލުމެވެ. ރައީސް ސިފަކުރެއްވި ގޮތުގައި މިއީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑެކޭ އެއްފަދައިން ރާއްޖޭގެ މުސްތަޤުބަލަށްޓަކައި ޤާއިމުކުރެވޭ މުހިންމު ރިޒާވެކެވެ. އަދި ކޮންމެ ފިޔަވައްސެއް ވެސް ކުރިއަށް ގެންދާނީ އިޤުތިޞާދީ ގޮތުން އެކަމުގެ ފައިދާއާއި ދެމެހެއްޓެނެވިކަން ކަށަވަރުކުރުމަށް ފަހު ކަމަށާއި، ފުރިހަމަ ޕްލޭން އެކުލަވާލައި ނިމުމުން އެކަމުގެ ތަފުސީލުތައް ހާމަކުރައްވާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް