ކެމްބޯޑިއާ އަދި ވިއެޓްނާމްގެ ސަފީރަކަށް މިދުފާ އައްޔަނުކުރަން ފާސްކޮށްފި
ކެމްބޯޑިއާ އަދި ވިއެޓްނާމްގެ ސަފީރަކަށް މަރިޔަމް މިދުފާ ނައީމް އައްޔަނުކުރަން ފާސްކޮށްފިއެވެ.
މިދުފާ ދެ ގައުމުގެ ސަފީރުކަމަށް އައްޔަނުކުރަން މިއަދު ފާސްކުރީ މަޖިލީހުގެ އަގުލަބިއްޔަތުންނެވެ. އެގޮތުން މިދުފާ އެ މަގާމަށް އައްޔަނުކުރަން 74މެމްބަރުން ވޯޓު ދެއްވިއެވެ.
ރާއްޖޭގެ ފޮރިން ސާވިސްގައި މަސައްކަތް ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާ މިދުފާ އެހެން ގައުމެއްގެ ސަފީރުކަމުގެ މަގާމަށް އައްޔަނުކުރަން ވެސް ނިމިގެން ދިޔަ ސަރުކާރުގައި ހުށަހެޅިއެވެ.
މިދުފާއަކީ ތައުލީމީ ގޮތުން ވެސް ރާއްޖޭގައި ވިދާލި ދަރިވަރަކަށް ވާއިރު އޭނާ ވަނީ ސްކޫލުތަކުގެ ލަވަމުބާރާތްތަކުން ވެސް ރަން ވަނަތައް ހާސިލުކޮށް ވާހަކަ ދެއްކުމުގެ މުބާރާތްތަކުން ވެސް ކާމިޔާބީތައް ހޯދައިފައެވެ.
Ads by Allied Insurance