ޚަބަރު

އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމުން ލަމްއާން އިސްތިއުފާ ދެއްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ލަމްއާން--

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ(އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު ލަމްއާން އިސްތިއުފާ ދެއްވައިފި އެވެ.

Ads by Allied

"ދެން"އަށް އިރުބާރުހުރި މަސްދަރުތަކުން ކަށަވަރުވެފައިވާ ގޮތުން ލަމްއާން މަގާމުން އިސްތިއުފާ ދެއްވީ މި ހަފްތާގެ ތެރޭގަ އެވެ.

އެކަމާ ގުޅޭ ގޮތުން އެމްއޭސީއެލްއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ލަމްއާން އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެއެވެ.

ނަމަވެސް ލޯކަލް ކައުންސިލްއިން އިންތިހާބުގެ ފަހުން ސަރުކާރުން ދަނީ ކެބިނެޓާއި ސަރުކާރުގެ ކުންފުނިތަކުގެ މަގާމުތަކަށް ބޮޑެތި ބަދަލު ގެންނަމުން ނެވެ. އަދި އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ދަނީ އިސްތިއުފާވެސް ދެއްވަމުން ނެވެ.

ލަމްއާން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވައިފަ އެވެ.

Ads by Allied Insurance