ހއ ފެށިގެން ގދ. އަތޮޅަށް ހުދު ސަމާލު، ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ: މެޓް
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ހއ ފެށިގެން ގދ. އަތޮޅަށް ހުދު ސަމާލު ނެރެފައިވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މިގޮތުން މިއަދުގެ 14:00އިން 20:00އަށް ހުދު ސަމާލު ނެރެފައިވާކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ. އަދި އެ ސަރަހައްދަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ސަލާމަތީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ދިފާއީ ބާރުން އިލްތިމާސްކުރެއެވެ. އަދި ކަނޑު ދަތުރުފަތުރުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ވެސް ޤައުމީ ދިފާއީ ބާރުން އިލްތިމާސްކުރެއެވެ.
Ads by Allied Insurance