ޖަލަށް ފޯނާއި އިލެކްޓްރޯނިކް ޑިވައިސްތަކެއް ވައްދަން އުޅުނު މީހަކު ހައްޔަރުކޮށްފި
މާފުށީ ޖަލަށް މަނާތަކެތި އެތެރެކުރަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މާފުށީ ޖަލު ކައިރިން އިއްޔެ ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރީ، މާސް، މުހައްމަދު ޝަހީރު 28، ކަމަށެވެ.
އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، 17 ސްމާޓް ފޯނާއި، 35 ޗާޖިން ކޭބަލާއި، 29 ޖޮއިންޓައި އެޑެޕްޓަރަކާއި، 4 ކައްޓާގެ އިތުރުން، ޕެން ޑްރައިވްއަކާއި އެހެނިހެން ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.
Ads by Allied Insurance