ގައުމީ ފެންވަރުގައި އީދު ފާހަގަކުރާނެ ރަށްތައް ހޮވަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި
ގައުމީ ފެންވަރުގައި އީދު ފާހަގަކުރާނެ ރަށްތައް ހޮވަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފިއެވެ.
މި ސަރުކާރު ފެށުނު ފަހުން ގައުމީ ފެންވަރުގައި ކޮންމެ އަހަރަކު ތިން ރަށެއްގައި ބޮޑު އީދު ދަނީ ފާހަގަކުރަމުންނެވެ.
ބޮޑު އީދު ފެށެން މަސް ދުވަހަށް ވުރެ ކުޑަ ދުވަސްކޮޅެއް އޮތް އިރު ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައެްދަލުވުމުގައި ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވީ ގައުމީ ފެންވަރުގައި މި އަހަރުވެސް ތިން ރަށެއްގައި ބޮޑު އީދު ފާހަގަކުރާނެ ކަމަށާއި އެކަމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުރިހާ ރަށެއްގެ ކައުންސިލްއަށް މިހާރު ހުޅުވާލައިފައިވާ ކަމަށެެވެ.
އަދި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ތިން ރަށެއް ކަނޑައަޅައި އެ ރަށްރަށުގައި ގައުމީ ފެންވަރުގައި އީދު ފާހަގަކުރާނެ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
ނިމިގެން ދިޔަ އަހަރު ގައުމީ ފެންވަރުގައި އީދު ފާހަގަކުރީ ހއ. ކެލާ، ލ. ގަން އަދި ކ. ގުރައިދޫގައެވެ.