ނަޝީދަށް ދިން ހަމަލާއަށް ފަސް އަހަރު: ކަނާތު ތިން އިނގިލީގެ ހަރަކާތް އަދިވެސް ރަނގަޅެއް ނުވޭ
ދެހާސް އެކާވީސް ވަަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ކަނާތު ތިން އިނގިލީގެ ހަރަކާތް އަދިވެސް ރަނގަޅު ނުވާކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއަށް މިއަދު ފަސް އަހަރު ފުރިފައިވާ އިރު އެމަނިކުފާނު ވަނީ އެކަމާ ގުޅޭ ގޮތުން މިއަދު އެކްސްގައި ޕޯސްޓެއްވެސް ކުރައްވައިފައެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނު ޒަހަމްވި ދުވަސްވަރު ވެސް ފަސް އަހަރު ތެރޭގައި އެމަނިކުފާނު ރަނގަޅުވާނެ ކަމަށާއި އަދި ހަމައެކަނި މައްސަލައަކަށް ވާނީ ކަނާތު ތިން އިނގިލީގެ ހަރަކާތްތެރިކަމަށް ޑޮކްޓަރުން ބުނި ކަމަށެވެ.
އަދި ޑޮކްޓަރުން ވިދާޅުވި ގޮތަށް މިހާރު ހަމައެކަނި މައްސަލައަކީ އިނގިލިތައްކަން އެމަނިކުފާނު ފާހަަގަކުރެއްވިއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގައި ލިބުނު ގެއްލުންތަކަށް އެމަނިކުފާނު ޖަރުމަނުން ވެސް ފަރުވާ ހޯއްދެވިއެވެ.
ރައީސް ނަޝީދަށް ހަމަލާ ދިނީ އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވި ކެނެރީގެ ކައިރިން ދަނިކޮށް އެތަނުގައި ހުރި ސައިކަލެއްގައި ހަރުކޮށްފައި ހުރި އެެއްޗެއް ގޮއްވާލައިގެންނެވެ.
އެ މައްސަަލައިގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހުމަދު ރަޝީދުގެ މައްޗަށް ކުށް ސާބިތުވެ 2021ވަނަ އަހަރު ވަނީ އޭނާގެ މައްޗަށް 23އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވައިފައެވެ.