ޚަބަރު

ސައިކަލެއްގައި ރޯކޮށްލި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މިދިޔަ މަހު ފަހުކޮޅު ށ. މިލަންދޫގައި ސައިކަލެއްގައި ރޯކޮށްލި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފިއެވެ.

Ads by Allied

މިލަންދޫ އިރުމަތީ ފަރާތުން ރިންގްރޯޑު، ކަނޑޫފާ ސަރަހައްދުގައި ބަހައްޓާފައި ހުރި އެ ސައިކަލު ރޯކޮށްލި މައްސަލައިގައި ހައްޔަރުކުރީ އެ ރަށުގެ ދެ މީހުން ކަމަށްވާ މުހައްމަދު ޒަހުނީ (27އ)އަދި  ސިނަމް، މުހައްމަދު އިހްސާން (24އ)އެވެ.

ނަމަވެސް އެ ރަށުގެ ކޯޓުން މިހާރު ވަނީ ޝަރުތުތަކާއެކު ދެ މީހުންވެސް ދޫކޮށްލައިފައެވެ.

ސައިކަލުގައި ރޯކޮށްލި ސީދާ ސަބަބެއް ސާފެއް ނުވެއެވެ.

މިދިޔަ މަސް ނިމެން އުޅެނިކޮށް ށ. ފޯކައިދޫ ޕޮލިސް ސްޓޭޝަންގެ އިސްވެރިޔާގެ ސައިކަލުގައި ވަނީ ރޯކޮށްލައިފައެވެ.

ރުޅިވެރިކަމާއި ބަދަލު ހިފުންފަދަ ކަންކަމުގައި މީގެ ކުރިން ވެސް ސައިކަލުގައި ހުޅު ޖެހުން ފަދަ ކަންކަން ކޮށްފައިވެއެވެ.

Ads by Allied Insurance