ރަހީނުކުރުމުގައި އެންމެ އިސްކޮށް އުޅުނު ކަމަށް ބެލެވޭ ބިދޭސީ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
މިދިޔަ މާޗުމަހުގެ ފަހުކޮޅު ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކަށް އަނިޔާކޮށް ރަހީނުކުރި މައްސަލައެއްގައި ހައްުޔަރުކުރި މީހުންގެ ތެރެއިން އެކަމުގައި އެންމެ އިސްކޮށް އުޅުނުކަމަށް ބެލެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
އެ މައްސަލައިގައި ފަސް މީހަކު ހައްޔަރުކުރި އިރު ދެ ފަހަރެއްގެ މަތިން އެ މީހުންގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ ކަމުގައި އެންމެ އިސްކޮށް އުޅުނުކަމަށް ބެލެވޭ މީހާކަމަށްވާ އެމްޑީ ހޮސައިން(30އ)އިތުރު 30ދުވަހަށް ބަންދުކުރަން ވަނީ އަމަުރުކޮށްފައެވެ.
އޭނާގެ މައްޗަށް ކުރަނީ ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުނ،ް ކިޑްނެޕްކުރުނ،ް ބިރުދެއްކުނ،ް
މާރާމާރީ ހިންގުމުގެ ތުހުމަތެވެ. ނަމަވެސް އޭނާ އެ ކުށްތަކަށް އިންކާރުކުރެއެވެ.
އެ މައްސަލައިގައި ހައްޔަރުކުރި އަނެއް ހަތަރު ބިދޭސީންގެ ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 25ވަނަ ދުވަހުއެވެ.
ބަނގުލަދޭޝްއަށް ނިސްބަތްވާ އެ ފަސް ބިދޭސީން ރަހީނުކުރީ ވެސް ހަމަ ބަނގުލަދޭޝް މީހެކެވެ. ރަހީނުކޮށްފައި ހުރި މީހާ ފުލުހުން ހޯދީ ވިލިމާލެއިންއެވެ. އޭނާ ފަހުން ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށްފަހު ވަނީ ދޫކޮށްލައިފައެވެ.