ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރުކަމަށް އަލައިކާ އައްޔަނުކޮށްފި
ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރުކަމަށް އައިޝަތު އަލައިކާ އަދުނާން އައްޔަނުކޮށްފިއެވެ.
އަލައިކާ އެ މަގާމަށް އައްޔަނުކުރިކަން "ދެން"އަށް ވަނީ ކަށަވަރުވެފައެވެ. ނަމަވެސް އޭނާ އެ މަގާމަށް އައްޔަނުކުރީ ސީދާ ކޮން ދުވަހަކު ކަމެއް ވަނީ ސާފު ނުވެފައެވެ.
އާތިކާ ވަނީ ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ ޑަބްލިއުޑީސީގެ ރައީސާ ކަމަށް ވެސް ވާދަކުރައްވައިފަ އެވެ. ނަމަވެސް އޭނާއަށް އެ ގޮނޑި ކާމިޔާބެއް ނުވިއެވެ.
ކުރިން އެމްޑީޕީގައި އުޅުއްވި އަލައިކާ ވަނީ 2023ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ޑިމޮކްރެޓްސް ޕާޓީއާ ގުޅިވަޑައިގެންފައެވެ.
ނަމަވެސް ފަހުން އަލައިކާ ވަނީ އެ ޕާޓީ ދޫކުރައްވައި ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.
Ads by Allied Insurance