ޚަބަރު

އިލެކްސަންސް ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު--

ހުސްވެފައިވާ އިލެކްސަންސް ކޮމިޝަން(އީސީ)ގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

Ads by Allied

އީސީގެ މެމްބަރެއްގެ މަގާމު ހުސްވީ ކުރިން އެ ކޮމިޝަންގެ މެމްބަރުކަމާއި އަދި ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މި މަހު ކުރީކޮޅު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ޒާހިދުގެ ބަދަލުގައި  ބޭފުޅަކު އައްޔަނުކުރަން އެ މަގާމަށް ކުރިިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ތިންވަނަ ދުވަހާ ހަމައަށް މިހާރު ހުޅުވާލައިފައިވާ ކަަމަށެވެ.

ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިގުރާރާއި، ކުށުގެ ރެކޯޑް ފޯމު ދޫކުރުމާއި، ފޯމުތަކާއި އިގުރާރު ބަލައިގަންނާނީ އެކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ދުވަސްދުވަހުގެ ހެނދުނު 8:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

އަދި ރައީސް އޮފީހުގެ ވެބްސައިޓުން ފޯމާއި އިގުރާރު ޑައުންލޯޑްކުރެވޭނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

Ads by Allied Insurance