އިންޑިއާ، ފިލިޕީންސް އަދި އިންޑޮނޭޝިއާގެ ޖައްވީ އިންޖިނިއަރުންނަށް ތަމްރީނު ދޭން ޖަޕާނުން ތައްޔާރުވެއްޖެ
ޓޯކިޔޯ -- އިންޑިއާ، ފިލިޕީންސް އަދި އިންޑޮނޭޝިއާ ފަދަ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޖައްވީ ދާއިރާގެ އިންޖިނިއަރުންނާއި ފަންނީ މާހިރުންނަށް ޚާއްޞަކޮށްގެން ތަމްރީނު ޕްރޮގްރާމެއް ފެށުމަށް ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން ތައްޔާރުވެއްޖެކަމަށް 'ނިކޭއި' ނޫހުން ރިޕޯޓުކޮށްފިއެވެ.
މި ޕްރޮގްރާމްގެ ދަށުން ބައިވެރިންނަށް ތަމްރީނު ދޭނީ ޖަޕާނުގެ ޖައްވީ ދާއިރާގައި އަލަށް ފަށައިގަނެގެން އުޅޭ ސްޓާޓްއަޕް ކުންފުނިތަކުންނެވެ. މިގޮތުން، ސެޓެލައިޓު އުފައްދާނެ ގޮތާއި، އެއިން ލިބޭ މައުލޫމާތު ނުވަތަ ޑޭޓާ ދެނެގަންނާނެ ގޮތްތަކުގެ އިތުރުން ސެޓެލައިޓުގެ ބޭނުން ހިފާނެ ގޮތްތައް ބައިވެރިންނަށް ފުރިހަމައަށް އުނގަންނައިދޭނެއެވެ.
ފޮޓޯގްރާފަރ ޑައި ކުވަމޫރާ ނަގާފައިވާ ފޮޓޯއަކާއެކު އާންމުކޮށްފައިވާ މި ޚަބަރުގައި ބުނެފައިވާ ގޮތުން، ޖައިކާއިން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ބައިވެރިން އަމަލީގޮތުން ޖަޕާނަށް ގޮސް ސެޓެލައިޓުތައް ފަރުމާކޮށް ބިނާކުރަން ދަސްކުރާނެއެވެ.