ޚަބަރު

ރާއްޖެ އައި ޑައިވަރުންގެ ޓީމުގައި ތައިލެންޑްގެ ހޮހޮޅައިން ކުދިންތައް ސަލާމަތްކުރި މަޝްހޫރު ޑައިވަރު ހިމެނޭ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޖޯން ވޮލަންދެން--

ވ. އަތޮޅުން ޑައިވަނަށް ފޭބި ފަސް ޑައިވަރުންގެ ތެރެއިން ނުފެންނަ ހަތަރު ޑައިވަރުންގެ ހަށިގަނޑު ހޯދަން ހިންގާ މިޝަންއަށް ލަފާދޭ ޓީމުގައި ތައިލެންޑްގެ ހޮހޮޅައިން ކުދިންތައް ސަލާމަތްކުރި ޑަރިވަރެއް ހިމެނިއްޖެއެވެ.

Ads by Allied

ޑައިވިނަނަށް ފޭބި ފަސް ޑައިވަރުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިފައިވާއިރު ދެން ހިމެނޭ އިތުރު ހަތަރު މީހުން ހޯދުމަށް ހިންގި އޮޕަރޭޝަންގައި އިއްޔެ ވަނީ އެމްއެންޑީއެފްގެ ޑައިވަރަކު ނިޔާޥެސް ވެފައެވެ. އެ މިޝަން އަދިވެސް ނިންމާ ނުލާއިރު މިހާރު ވަނީ ފިންލެންޑްގެ ހާއްސަ ތިން ޑައިވަރަކު މިއަދު ހެނދުނު ރާއްޖެ އައިސްފައެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ޑައިވަރުން ހޯދުމަށް ހިންގާ މިޝަންއަށް ލަފާ ދޭ މީހުންގެ ތެރޭގައި 2018ވަނަ އަހަރު ތައިލެންޑްގެ ހޮހޮޅައިގައި ތާށިވި ކުދިން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި އިނގިރޭސިވިލާތުގެ ޑައިވަރު ޖޯން ވޮލަންދެން ހިމެނިއެވެ.

އޭނާއަކީ ތައިލެންޑްގެ ހޮހޮޅައިގައި ތާށިވި ކުދިން އެންމެ ފުރަތަމަ ހޯދި ދެ ޑައިވަރުންގެ ތެރޭގައި ހިމެނޭ ޑައިވަރެވެ.

އޭގެ އިތުރުން 2014ވަނަ އަހަރު ނޯވޭގެ ކޭވްއެއްގެ ތެރޭގައި ތާށިވި ދެ ޑައިވަރުންގެ ހަށިގަނޑު ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި މިޝަންގައި ވެސް އޭނާ ބައިވެރިވިއެވެ. ނަމަވެސް ރިސްކު ބޮޑުކަމަށް އޭނާއަށް އެ ދެ ޑައިވަރުންގެ ހަށިގަނޑު ނުނެގުނެވެ.

Ads by Allied Insurance