ޚަބަރު

ވަގަށް އެތެރެކުރަން އުޅުނު ދެ މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ސްޓިކްސް އަތުލައިގެންފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ވަގަށް އެތެރެކުރަން އުޅުނު ދެ މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ސްޓިކްސް އަތުލައިގެންފިއެވެ.

Ads by Allied

ކަސްޓަމްސްއިން މިއަދު މެންދުރު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

އެގޮތުން ޖުމަލް 2,304,200ސިނގިރޭޓު ސްޓިކްސް އަތުލައިގަތްކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

ނަމަވެސް އެތަކެތި އެތެރެކުރީ ކޮން ބައެއްކަމެއް ކަސްޓަމްސްއިން ނުބުނެއެވެ.

ދެހާސް ސައުވީސް ވަނަ އަހަރު އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ގެނައި އިސްލާޙުގެ ދަށުން ސިނގިރެޓްއިން ނަގާ ޑިއުޓީ އޮތީ ވަރަށް ބޮޑަށް ބޮޑުކޮށްފައެވެ. އެގޮތުން  ސިނގިރެޓަކުން 8ރުފިޔާ ނަގަމުން މިހާރު ނަގައެވެ. އެހެންވެ ޑިއުޓީއަށް މަކަރު ހަދަން ވަގަށް ސިނގިރެޓް އެތެރެކުރުން މިހާރު ވަނީ ވަރަށް ބޮޑުވެފައެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ވެސް ރާއްޖެއަށް ސިއްރުން އެތެރެކުރަނިކޮށް ގިނަ އަދަދެއްގެ ސިނގިރޭޓް އަތުލައިތެވެ. ނަމަވެސް އެ ސިނގިރެޓް ރައްކާކޮށްފައި ހުރި ކޮންޓެއިނަރު ފަހުން ވަގަށް ނެގިއެވެ.

އެ މައްސަލައިގައި 10މީހެއްގެ މައްޗަށް ދައުވާ އުފުލުއިރު މިއަދު ވަނީ ނުވަ މީހެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށައިފައެވެ.

Ads by Allied Insurance