ޚަބަރު

ހުޅުދޫ އަދި މީދޫ ކައުންސިލްގެ އިދާރާތައް އަލަށް އުފައްދައި ހިރިމަރަދޫ ކައުންސިލް އުވާލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އައްޑޫ ސިޓީ ހުޅުމީދޫ މަގުމަތި - ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް މީޑިއާ

ހުޅުދޫ އަދި މީދޫ ކައުންސިލްގެ އިދާރާތައް އަލަށް އުފައްދައި ހދ.  ހިރިމަރަދޫ ކައުންސިލް އުވާލައިފިއެވެ.

Ads by Allied

މިދިޔަ އޮކްޓޫބަރު މަހު ނެގި ފެންނަ ނުފެންނަ ވޯޓުގައި އައްޑޫ ސިޓީން ވަކިވާން ހުޅުދޫ އަދި މީދޫއިންވެސް އޮތީ ވޯޓު ދީފަ އެވެ. އަދި ހިރިމަރަދޫ މީހުން ހދ. ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން މިހާރު ވަނީ މަސައްކަތް ފަށައިފައެވެެ.

ރައީސް އޮފީހުން މިއަދު ބުނީ އައްޑޫ މީދޫ އަދި ހުޅުދޫ ކައުންސިލްގެ އިދާރާތައް އަލަށް އުފައްދަވައި، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ އޮނިގަނޑަށް މިހާރު ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި ހދ. ހިރިމަރަދޫ ކައުންސިލާއި ހުރިހާ އަތޮޅު ކައުންސިލްތަކާއި އެ ކައުންސިލްތަކުގެ އިދާރާތައް މިހާރު އުވާލައިފައިވާ ކަމަށެވެ.

އެ ބަދަލާއިއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2026/12 ދެންނެވުމުން ވަނީ "އައްޑުއަތޮޅު އައްޑޫ މީދޫ ކައުންސިލްގެ އިދާރާ" އާއި "އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އިދާރާ"ގެ ނަން އިނގިރޭސި ބަހުން ބޭނުންކުރާނެ ގޮތް ވެސް އާންމުކުރައްވާފައެވެ.

އަތޮޅު ކައުންސިލްތައް އުވާލުމުގެ ގޮތުން ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އަތޮޅު ކައުންސިލްތަކަށް ބޭފުޅުން އައްޔަނުކުރަން އިންތިހާބުވެސް ނުބާއްވަ އެވެ. އަދި ހިރިމަރަދޫ ކައުންސިލްއަށް ވެސް ބޭފުޅުން އައްޔަނުކުރަން އިންތިހާބު ނުބާއްވައެވެ.

Ads by Allied Insurance