ޚަބަރު

މާލެ ސަރަހައްދުގައި 29 ތަނެއްގައި މިފަހަރު ބޮޑު އީދު ނަމާދު ކުރާނެ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަނީ -- ފޮޓޯ: ދެން

މިއަހަރުގެ އަޟްޙާ ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ތަންތަން އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް މިނިސްޓްރީއިން އާންމުކޮށްފި އެވެ.

Ads by Allied

އެ މިނިސްޓްރީ އިން ބުނެފައިވާ ގޮތުގައި މާލެ ސަރަހައްދުގައި އީދު ނަމާދު ކުރުމަށް 29 ތަނެއް ވަނީ ކަނޑައަޅާފަ އެވެ. އެއީ މާލޭގައި 18 ތަނެއް ހުޅުމާލޭގައި 9 ތަނެއް އަދި ވިލިމާލޭގައި ދެ ތަނެކެވެ. މިފަހަރު މާލޭގެ ބޮޑު ޖަމާއަތުގައި ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމްގަ އެވެ. ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ބޮޑު ޖަމާއަތުގައި ނަމާދުކުރުމަށް ހަމަޖެހިފައިވަނީ ސިންތަޓިކް ޓްރެކްގަ އެވެ. އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބޮޑު ޖަމާއަތުގައި ނަމާދުކުރުމަށް ހަމަޖެހިފައިވަނީ މަސްޖިދު ޙަސަން އާދަމް އާ ނިރޮޅުމަގާ ހީނާމާހިނގުމާ ފޭރުގަސްމަގާ ދުބުރިގަސް މަގާ އެއް އިންކޮށް އޮންނަ ހުސްބިމުގަ އެވެ. މީގެ އިތުރުން ވިލިމާލޭގައި ބޮޑު ޖަމާއަތުގައި ނަމާދުކުރުމަށް ހަމަޖެހިފައިވަނީ ވިލިގިލި ބޯޅަދަނޑުގަ އެވެ.

މާލޭގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ތަނަކީ:

  • މާފަންނު ސްޓޭޑިއަމް
  • އިސްލާމީ މަރުކަޒު
  • މަސްޖިދުލްމަލިކި ސަލްމާން
  • މަސްޖިދުލްފުރުޤާން
  • މަސްޖިދުއްނޫރު
  • މަސްޖިދުއްޝަހީދު ޢަލީ
  • މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް)
  • މަސްޖިދުއްސުލްޠާނު މުޙައްމަދު ފަރީދުލްއައްވަލު (ދުބުރި މިސްކިތް)
  • މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
  • މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)
  • މަސްޖިދު ޞަލާޙުއްދީން
  • މަސްޖިދު ޖަލާލުއްދީން
  • މަސްޖިދު އިބްރާހީމް
  • މަސްޖިދު އިސްކަންދަރު
  • މަސްޖިދު ޔޫސުފުލްބަރުބަރީ
  • މަސްޖިދުއްސުލްޠާނު މުޙައްމަދު ޢިމާދުއްދީން (ރަންމިސްކިތް)
  • މަސްޖިދުއްޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)
  • މާފަންނު އާމިސްކިތް

ހުޅުމާލޭގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ތަނަކީ:

  • ސިންތަޓިކް ޓްރެކް (ހުޅުމާލެ ފޭސް 1)
  • މަސްޖިދުއްޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ (ހުޅުމާލެ ފޭސް 1)
  • މަސްޖިދު ރަޝީދު (ހުޅުމާލެ ފޭސް 1)
  • މަސްޖިދު ޢަޒީޒާ މޫސާ (ހުޅުމާލެ ފޭސް 1)
  • މަސްޖިދު އަޞްދިޤާ  (ހުޅުމާލެ ފޭސް 1)
  • މަސްޖިދުލްވާލިދައިނި  (ހުޅުމާލެ ފޭސް 1)
  • މަސްޖިދު ޙަސަން އާދަމް އާ ނިރޮޅުމަގާ ހީނާމާހިނގުމާ ފޭރުގަސްމަގާ ދުބުރިގަސް މަގާ އެއް އިންކޮށް އޮންނަ ހުސްބިން (ހުޅުމާލެ ފޭސް 2)
  • މަސްޖިދު ޙަސަން އާދަމް (ހުޅުމާލެ ފޭސް 2)
  • މަސްޖިދު  ޢުޘްމާން ބިން ޢައްފާން (ފޭސް 2 ހުޅުމާލެ)

ވިލިމާލޭގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ:

  • ވިލިގިލި ބޯޅަދަނޑު
  • މަސްޖިދުއްސަލާމް

މި އަހަރުގެ އަޟްޙާ ޢީދު ދުވަހަކީ މި މަހުގެ 27 ވަނަ ދުވަހެވެ. އީދު ނަމާދު ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 07:00 ގަ އެވެ.

 

Ads by Allied Insurance