ޚަބަރު

އަމާޒަކީ އެއް ލައްކައަށް ވުރެ ގިނަ މެމްބަރުން އެމްޑީޕީއަށް ހަމަކުރުން: ރައީސް ނަޝީދު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ

އަމާޒަކީ އެއް ލައްކައަށް ވުރެ ގިނަ މެމްބަރުން އެމްޑީޕީއަށް ހަމަކުރުންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Allied

އެމަނިކުފާނު އެފަދައިން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ވީޑިއޯ ޕޯސްޓެއްގައެވެ.

އެގޮތުން އެމްޑީޕީން އެންމެ މެމްބަރެއްވެސް ވަކިވުމަކީ އެދޭނެ ގޮތެއް ނޫން ކަމަށާއި އަދި އެދެނީ ވީހާވެސް ގިނަ ބޭފުޅުން އެމްޑީޕީއާ ގުޅުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުގެ އަމާޒަކީ އަދި އުއްމީދަކީ އެއްލައްކައަށް ވުރެ ގިނަ މެމްބަރުން އެމްޑީޕީގައި ބޭތިއްބުން. އިރާދަކުރެއްވިއްޔާ މި އިންތިހާބު (އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު)ގެ ތެރޭގައާއި އަދި އޭގެ ފަހުން ވެސް އަޅުގަނޑުމެންގެ މެމްބާޝިޕް މާބޮޑަށް އިތުރުވެގެންދާނެ"ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެއްވެސް ސަބަބަކާހުރެ އެއްވެސް މެމްބަރަކު އެމްޑީޕީ ދޫކޮށްލާކަށް ކުޑަކޮށްވެސް ނޭދޭނެ ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު ވަނީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބު ކުޑަތަންވެފައި ވަނިކޮށް 2023ވަނަ އަހަރުގެ ޖޫން މަހު އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް ހައްދަވައިފައެވެ. އަދި އޭގެ ދެ އަހަރު ފަހުން މިދިޔަ އަހަރު އަލުން އެމްޑީޕީއާ ވަނީ ގުޅިވަޑައިގެންފައެވެ.

ރައީސް ނަޝީދު މިހާރު ދަނީ އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރެއްވުމަށް ކެމްޕޭން ކުރައްވަމުންނެވެ.

Ads by Allied Insurance