ވިޔަފާރި

އޭޑީކޭ ނާޝިދު ނަގާފައިވާ ފަޅެއް ވިއްކާލައިފި

ފާތިމަތު އަފްނާން ، ދެން އޮންލައިން
އޭޑީކޭގެ ވެރިޔާ ނާޝިދު - ފޮޓޯ: މިހާރު ނޫސް

ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލް ހިންގާ އޭޑީކޭގެ ވެރިޔާ އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ރިސޯޓް ތަރައްގީ ކުރަން ނެގި އެއް ފަޅު ވިއްކާލައިފިއެވެ.

Ads by Allied

ޓޫރިޒަމް މިނިސްޓްރީން ވަނީ "ކަނބާޝާ"ގެ ނަން ދީފައިވާ މާލެ އަތޮޅުގައި އޮންނަ މި ފަޅު ވިއްކާލުމާ ގުޅިގެން ގުޅިގެން ލިބިދީފައިވާ އެންމެހާ ޙައްޤުތައް އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅުއްވާފައިވާތީ "ކަނބާޝާ"އާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ވާނަމަ އަންގަން އެދިފައެވެ.

މަނިޔަފަޅުގައި ރިސޯޓެއް ތަރައްގީ ކުރަން ފުރަތަމަ ދޫކޮށްފައި ވަނީ އެބޯނީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށެވެ. މި ފަޅު ހިއްކާފައި ވަނީ އިވޯސަން އެސްޑީއެން ބީއެޗްޑީ ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. މަނިޔަފަރު ފަޅު ހިއްކަން ގާތްގަނޑަކަށް 380،000 ކޮޑި މީޓަރުގެ ވެލި އެޅިއެވެ. އަދި އޭގެފަހުން މި ފަޅު ބައްލަވައި ގެންފައިވަނީ އޭޑީކޭ ކުންފުނީގެ ވެރިޔާ ނާޝިދުގެ ރަދުން ރިސޯޓްސް އިންވެސްޓްމަންޓް ކުންފުނިންނެވެ. މި ފަޅު ވިއްކާލި ނަމަވެސް މި ފަޅު ގަނެފައިވަނީ ކޮން ފަރާތަކުން ކަމެއް ނޭނގެ އެވެ.

އޭޑީކޭ ނާޝިދުގެ ހިއްސާވާ ކުންފުނިން މި ވަގުތު ހިންގަމުން ގެންދަނީ އޯގާ އާޓް ރިސޯޓެވެ، މިއީ ކާފު އަތޮޅު (މާރަންފުށި)ގައި އޭޑީކޭ ގްރޫޕުން ހިންގަމުން އަންނަ ވަރަށް ތަފާތު، ދިވެހިވަންތަ ކޮންސެޕްޓަކަށް ފަރުމާކޮށްފައިވާ ލަގްޒަރީ ރިސޯޓެކެވެ. މި ރިސޯޓު ހާއްސަވެފައިވަނީ ދިވެހި ފަންނުވެރިކަމާއި މިއުޒިކާއި ސަގާފަތް ފަތުރުވެރިންނަށް ދައްކާލުމަށެވެ.މީގެ އިތުރުން، އޭޑީކޭ ގްރޫޕުން ވަނީ ށ. އަތޮޅުގައި އޮންނަ ގާކޮށިބޭ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަސައްކަތް ކުރިން ކޮށްފައެވެ. މި ރިސޯޓު ފަހުން ބޭރުގެ އެހެން ކުންފުންޏަކަށް ބަދަލުވެ، މިހާރު ހިންގަމުންދަނީ އެހެން ބްރޭންޑެއްގައެވެ.

Ads by Allied Insurance