ޚަބަރު

ލޯންޗު އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާތަކެއް ލިބިއްޖެ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ފޮޓޯ: އެމްއެންޑީއެފް

ލޯންޗު އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި އެކްސިޑެންޓުވީ ޓުއާ ގާޑް ނަމަކަށް ކިޔާ ލޯންޗެއް ކަމަށެވެ. އެ ލޯންޗުން ދަތުރުކުރަމުން ދިޔައީ ދެ މީހުންނާ އެކު ކަމަށް ވެސް ބުނެފައިވެއެވެ. އަދި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނީީ ދެ މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށެވެ.

"މި ހާދިސާގައި ލޯންޗުގައި ތިބި ދެ ފަޅުވެރިންނަށް ބޮޑެތި ހާނިއްކަތަކެއް ލިބިގެން އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން،" އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާ އާ ގުޅޭ އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެމްއެންޑީއެފުން އާންމުކޮށްފައިވާ ފޮޓޯއިން ފެންނަނީ އެކްސިޑެންޓުވި ލޯންޗުގެ ކުރީީކޮޅު ވަރަށް ބޮޑަށް ހަލާކުވެފައިވާ ތަނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!