ޚަބަރު

ދިވެހިރާއްޖޭގައި އެހެން ޤައުމެއްގެ ސިފައިން ދާއިމީކޮށް ތިބޭނަމަ މުސްތަޤުބަލުގައި ބޮޑެތި މައްސަލަތައް ދިމާވެދާނެ: އަނާރާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ރާއްޖޭގައި އެހެން ގައުމެއްގެ ސިފައިން ދާއިމީކޮށް ތިބޭ ނަަމަ މުސްތަޤުބަލުގައި ބޮޑެތި މައްސަލަތަކެއް ދިމާވެދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އަނާރާ ކުރެއްވި ޓްވީޓެއްގައި ދިވެހިރާއްޖޭގައި އެހެން ގައުމެއްގެ ސިފައިން ދާއިމީކޮށް ތިބެން ނޭދޭ ކަަމަށެވެ. އަދި އެކަމަކީ ސަރުކާރާއި ރައްޔިތުން ސަމާލުވާން ޖެހޭ ކަމެއް ކަމުގައި ވެސް އަނާރާގެ ޓްވީޓްގައި ފާހަގަ ކުރައްވާފައިވެއެވެ.

އަނާރާ މިހެން ވިދާޅުވެފައި މިވަނީ އިދިކޮޅުން "އިންޑިއާއައުޓް" ގެ ނަމުގައި ކެމްޕޭނެއް ކުރިއަށް ގެންދަމުންދާ ދުވަސްވަރެއްގައެވެ. އަދި ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމަށް ވެސް އިދިކޮޅުން ދަނީ ދެކޮޅު ހަދަމުންނެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަ ކުރުމަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ބުރޫ އަރާނެ ކަމެއް ކަމުގައި ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ. ނަމަވެސް އިދިކޮޅުން ބުނަމުން ދަނީ ދިވެހި ރައްޔިތުންނަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ސިއްރު ކުރަން ނުޖެހޭ ކަމުގައެވެ.

އަނާރާ މިއަދު މިމޭރުމުން ވާހަކަފުޅު ދައްކަވާ ޓްވީޓް ކުރައްވާފައިވާއިރު ރާއްޖެ އާއި އިންޑިއާއާ ދެމެދު ވެވިފައިވާ ހުރިހާ އެއްބަސްވުމެއްގެ ތަފްސީލް ހޯދުމަށް ގޮވާލާ މަޖިލީހަށް މިމަހުގެ 7 ވަނަ ދުވަހު އިދިކޮޅު ކޯލިޝަންގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ހުށަހެޅި ކުއްލި މައްސަލަ ވަނީ ބަލައިނުގަނެ ބޭރު ކޮށްލާފައެވެ.

 

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!