ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާތަކަކާ އެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާތަކަކާއެކު ދެ ބިދޭސީން ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ބަނގުލަދޭޝްއަށް ނިސްބަތްވާ އެމްޑީ ފަޒްލީ ރަބީ (26އ)އަދި އެމްޑީ ޝަހަޖަން ސަވަލް (36އ)ވެ.
އެ މައްސަލައި އެމްޑީ ރަބީ 16ދުވަހަށް އަދި އެމްޑީ ޝަހަޖަން 30ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ އިރު ބަންދު އަމުރުގައިވާ ގޮތުން ދެ މީހުންވެސް ހައްޔަރުކުރީ ސަފާރީއަކުންނެވެ.
އެގޮތުން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ސަފާރީއަށް އެރިއިރު ދެ މީހުންވެސް ސަފާރީގެ ޑެގް މަތީގައި ހަދާފައި ހުރި ކޮޓަރިއަކަށް ވަން ކަމަށާއި އެހެންވެ ދެ މީހުން ބަލައި ފާސްކުރި އިރު އެކެއްގެ ސޯޓުގެ ޖީބުން މަނާ ބޭސް ކަމަށް ބެލެވޭ 10ސް ގުޅަ އާއި އަދި އެ ކޮޓަރީގެ ލަކުޑި ފޮއްޓެއްގެ ތެރެއިން ވެސް މަނާ 24ގުޅަ ފެނުނު ކަމަށް ބުނެފައިވެއެވެ.
އޭގެ އިތުރުން އެ ކޮޓަރިންނާއި ސަފާރީގެ ވަތު އަޑިންނާއި އިންޖީނުގެ ތެރެއިން ބަނގުރާކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ފުޅި ފެނުނު ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައިވެއެވެ.
އަދި އެމްޑީ ޝަހަޖަންހެ ޖީބުން ގިނަ އަދަދެއްގެ ފައިސާ ފެނުނުއިރު ފެނުނު ބަނގުރާތަކަކީ ވިއްކަން މީހަކު ދިން އެއްޗެއް ކަމަށާއި އޭގެން މަންފާ ހޯދާކަމަށް އޭނާ ބުނި ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައިވެއެވެ.