ޚަބަރު

ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ފުލުސް މީހާ ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ފުލުސް މީހާ ހައްޔަރުކޮށްފިއެވެ.

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ ފުލުސް މީހާގެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅީ މި މަހުގެ އެއްވަނަ ދުވަހުއެވެ.

އަދި  މައްސަލައިގެ ޖިނާއީ ތަހުގީގު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން ކުރިއަށްގެންދާއިރު، އެ ފުލުސް އޮފިސަރާ ގުޅޭ އިދާރީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑުން ވެސް ދިޔައީ ބަލަމުންނެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އެ މައްސަލައިގައި 49އަހަރުގެ ފުލުހަކު ހައްުޔަރުކޮށް 30ދުވަހަށް ބަންދުކޮށްފައިވާ ކަމަށެވެ.

އަދި އޭނާ މުސާރަ ނުލިބޭ ގޮތަށް މިހާރު ސަސްޕެންޑްވެސްކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

Ads by Allied Insurance