ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑްކަޕް ބަލައިލެވޭނެ!
މި އަހަރުގެ ފީފާ ވޯލްޑް ކަޕް ފޯރިގަދަކޮށް ބެލުންތެރިންނަށް ގެނެސްދިނުމަށްޓަކައި، އެޗްޑީސީއާއި ޕީއެސްއެމް ގުޅިގެން ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ވޯލްޑް ކަޕް ބެލުމަށް ބޮޑުސްކްރީންތައް ބަހައްޓައިފިއެވެ.
މި ބޮޑު ސްކްރީންތައް ބަހައްޓާފައިވާ ހުރިހާ ސަރަހައްދަކުން ވެސް މިއަހަރުގެ ވޯލްޑް ކަޕްގެ ހުރިހާ މެޗުތަކެއް ދައްކާނެއެވެ. އެގޮތުން ބޮޑު ސްކްރީނުން އާންމުންނަށް މެޗުތައް ބެލޭނެ އިންތިޒާމު ހަމަޖައްސާފައިވާ ހުޅުމާލޭގެ ތިން ސަރަހައްދަކީ؛
- ހުޅުމާލެ ފޭސް 1 – ސެންޓްރަލް ޕާކު
- ހުޅުމާލެ ފޭސް 1 – ފްލެޓް 137 ކައިރީގައި ހުންނަ ހެދިކާ ޓެންޓު ކައިރި.
- ހުޅުމާލެ ފޭސް 2 – ވިނަރެސް ޓަވަރު 9 ކުރިމަތީގައި ހުންނަ ރޯދަ މާރުކޭޓް ޓެންޓު ކައިރި.
ވޯލްޑް ކަޕުގެ ފޯރި މުޅި ރާއްޖޭގައި ވެސް ގަދަވެފައިވާއިރު، އެޗްޑީސީގެ އަމާޒަކީ ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ސަޕޯޓަރުންނަށް ވެސް އަމާންކަމާ އެކު ފޯރިގަދަ މާހައުލެއްގައި ހިލޭ މި މެޗުތައް ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.
Ads by Allied Insurance