ވޯލްޑް ކަޕް ދައްކާނެކަމަށް އާންމުކޮށްފައި ވަނިކޮށް، ހިލޭ ޓީވީގެ ޚިދުމަތް ހުއްޓައިލުމަށް ކޯޓުން އަމުރުކޮށްފި
ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް އާންމުންނަށް ދައްކާނެކަމަށް އިޝްތިހާރު ކުރަމުންދިޔަ "ހިލޭ ޓީވީ"ގެ ޚިދުމަތްތައް ހުއްޓައިލުމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
މި އަމުރު ނެރެފައި ވަނީ، އެ ފަރާތުން ވޯލްޑް ކަޕްގެ މެޗުތައް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމުގެ ތައްޔާރީތައް ވަރަށް ބޮޑަށް ކުރަމުން ދަނިކޮށެވެ. ހިލޭ ޓީވީއާ ހުއްޓުވުމަށް ކޯޓުގައި އެދިފައި ވަނީ މީޑިއާނެޓުގެ ފަރާތުންނެވެ. އެ ކުންފުނިން ތުހުމަތުކޮށްފައިވާ ގޮތުން ހިލޭޓީވީއިން ވަނީ މީޑިއާ ނެޓުން އެކްސްކްލޫސިވް ރައިޓްސް ނަގައި، ވޯލްޑްކަޕްގެ މެޗްތައް އެ ވެބްސައިޓް މެދުވެރިކޮށް ދެއްކޭނެ ގޮތް ހަދާފައި ކަމަށެވެ.
ސިވިލް ކޯޓުގެ މި އެންގުމާ އެކު، އެ ނެޓްވޯކުން ފޯރުކޮށްދެމުންދިޔަ ބްރޯޑްކާސްޓިންގ އަދި ރީބްރޯޑްކާސްޓިންގގެ ހުރިހާ މަސައްކަތެއް ވަނީ ގާނޫނީ ގޮތުން މަޑުޖައްސާލަން ޖެހިފައެވެ.