ޚަބަރު

ޕީއެންސީ ޖަގަހައިން ވޯލްޑްކަޕްގެ ހުރިހާ މެޗެއް ބެލޭނެ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ވެރިކަންކުރާ ޕީއެންސީ ޖަގަހައިން ވޯލްޑްކަޕްގެ ހުރިހާ މެޗެއް ބެލޭގޮތަށް ހަމަޖައްސައިފިއެވެ.

ޕީއެންސީ ސެކްރެޓަރިއެޓް އެކްސްގައި ކުރި ޕޯސްޓުގައިވާ ގޮތުން ވޯލްޑްކަޕްގެ ހުރިހާ މެޗެއް ކޮންމެ ދުވަހަކު އެ ޕާޓީގެ ކޮންގްރެސް ޕާޓީ ޖަގަހަ (ހ.ވެޔޮވިލާ)އިން ބަލާލެވޭނެއެވެ. މީގެ ވީޑިއޯތައް ޕީއެންސީއާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފޭން އެކައުންޓްތަކުން ވެސް ގެންދަނީ ސޯޝަލް މީޑިއާގައި ދައުރުކުރަމުންނެވެ.

https://x.com/DrMuizzuFan/status/2065132871682343113?s=20

ފުޓުބޯޅައަކީ ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު ކުޅިވަރެވެ. ވޯލްޑް ކަޕަކީ ދިވެހިންނަށް އަންނަ އެންމެ ބޮޑު 'ބޯޅަ އީދެވެ".

ރޭގައި ފެށުނު ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއީދުކުރައްވާނީ އާޖެންޓީނާއަށްކަމަށް ވިދާޅުވެފައި ވެއެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނަކީ ކުޑައިރުއްސުރެ، ޚާއްސަކޮށް ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މެރެޑޯނާގެ ޒަމާނުން ފެށިގެން އާޖެންޓީނާގެ ވަރަށް ބޮޑު ސަޕޯޓަރެއް ކަމަށެވެ. އާޖެންޓީނާ މުބާރާތުން ކަޓައިފިނަމަ ނުވަތަ ކާމިޔާބު ނުލިބިއްޖެ ހާލަތެއްގައި ދެން އެންމެ ބޮޑަށް އުންމީދުކުރައްވާނީ އިނގިރޭސިވިލާތަށް ވޯލްޑްކަޕް ތަށި ލިބުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.