މިހާރު މި ފެންނަނީ ތަސައްވަރުކުރި އެމްޑީޕީއެއް ނޫން: މީކާއިލް
މިހާރު ފެންނަމުންދަނީ ކުރިން ތަސަައްވަރުކުރި އެމްޑީޕީއެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއީލް އެފަދައިން ވިދާޅުވީ މިއަދު ކުރިއަށްދާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވޯޓު ލެއްވުމަށް ފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައެވެ.
އެގޮތުން މިއަދު ވޯޓުލުން ހިނގަމުން ދިޔައިރު ހިނގައިދިޔަ ހަމަނުޖެހުންތަކަށް އިޝާރާތްކުރައްވައި މީކާއިލް ވިދާޅުވީ ބައެއް ރަށްރަށުގައި ވޯޓާސް ލިސްޓު އޮޅުވާލުމާއި ވޯޓު ލެވޭ މީހުން އުނިކޮށްފައިވާ ކަމަށެވެ.
އަދި އަނެއް ބައި ރަށްރަށުގައި ވޯޓު ފޮށި ފަޅާލައި ފަޅާލައިފައި އޮތް ފޮއްޓަށްވެސް ވޯޓުލާތަން ފެންނަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
އެެހެންކަމުން މިއީ އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ދެކެން ބޭނުންވި މަންޒަރެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ތަސައްވަރުކުރާ އެމްޑީޕީއެއް ނޫން މިއީކީ. އަޅުގަނޑު އެދެން އަދިވެސް އެމްޑީޕީގެ ތެރޭގައި ޑިމޮކްރަސީ ހަރުދަނާކުރުމަށް މިނިވަން އިންސާފުވެރި އިންތިހާބެއް އިލެކްޝަންސް ކޮމިޝަނުން ކަށަވަރުކޮށްދިނުމަށް"މީކާއިލް ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާާޕާސަންގެ އިންތިހާބުގައި މީކާއިލްގެ އިތުރުން ދެން ވާދަކުރަައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ.