ޚަބަރު

ޖަލުތަކުގެ ސެކިއުރިޓީ ހަރުދަނާކުރަން މާފުށީ ޖަލުގައި ބެގެޖް ސްކްރީނިން މެޝިނެއް ބޭނުންކުރަން ފަށައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ޖަލުތަކުގެ ސެކިއުރިޓީ ހަރުދަނާކުރަން މާފުށީ ޖަލުގައި ބެގެޖް ސްކްރީނިން މެޝިނެއް އަލަށް ބޭނުންކުރަން ފަށައިފިއެވެ.

މާފުށީ ޖަލުގައި އެ ބެގެޖް ސްކްރީނިން މެޝިންގެ ހިދުމަތް އިފްތިތާހުކުރަން މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވައިފައެވެ. އެ ހިދުމަތް އިފްތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާންއެވެ.

ކަރެކްޝަންސްއިން ބުނީ އެ ބެގެޖް ސްކްރީން މެޝިނަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ހަދިޔާކުރި މެޝިނެއް ކަމަށެވެ. އަދި އެ މެޝިން މެދުވެރިކޮށް ގައިދީންނާއި ބަންދުމީހުން ޖަލަށް އަލަށް އަންނަ އިރު ގެންނަ ތަކެތި، އެފަރާތްތަކަށް އާއިލާއިން ފޮނުވާ ތަކެތި އަދި ޢާއިލީ އާއި އެކަހެރި ބައްދަލުވުންތަކަށް ޖަލަށް ޒިޔާރަތްކުރައްވާ ފަރާތްތަކުގެ ތަކެތި ސްކްރީން ކުރެވިގެންދާނެކަމަށް ވެސް ބުންޏެވެ.

އެ މެޝިން ބޭނުންކުރަން ފަށަން ހާއްސަ ތަމްރީންތައް ފޯރުކޮށްދިނޫ ކަސްޓަމްސް އަދި އެމްއޭސީއެލްއިންއެވެ.

މާފުށީ ޖަލުގައި ބެގެޖް ސްކްރީނިން މެޝިނެއް އަލަށް ބޭނުންކުރަން ފެށިއިރު ޖަލަށް ވަގަށް ތަކެތި ވައްދާ މައްސަލަ ބޮޑެވެ. އޭގެ ތެރޭގައި ފޯނާއި، މަސްތުވާތަކެތި ފަދަ ތަކެތި ހިމެނެއެވެ.