Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ދުނިޔެ

ޖަޕާނުގެ ބޮޑުވަޒީރު ތަކައިޗީ، ސުޒުކީ އަދި އިޓޯޗޫ ފަދަ ކުންފުނިތަކުގެ ވެރިންނާއެކު އިންޑިއާއަށް ވަޑައިގަންނަވަނީ

ޖަޕާނުގެ ބޮޑުވަޒީރު ސަނާއެ ތަކައިޗީ، އެ ގައުމުގެ ވިޔަފާރިވެރިންގެ ބޮޑު ވަފުދަކާއެކު އަންނަ ޖުލައި މަހުގެ ކުރީކޮޅު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

ނިކޭ ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ބޮޑުވަޒީރު ތަކައިޗީ މި ދަތުރުފުޅުގައި ވަޑައިގަންނަވާނީ އިންޑިއާގެ އުތުރުން އޮންނަ އައްސާމް ސްޓޭޓަށެވެ. މިއީ މުސްތަގުބަލުގައި ކޮމްޕިއުޓަރ ޗިޕް އުފެއްދުމުގެ މައި މަރުކަޒަކަށް ވެގެންދާނެ ކަމަށް ބެލެވޭ ސަރަޙައްދެކެވެ.

މި ދަތުރުފުޅުގައި ބޮޑުވަޒީރުގެ އަރިހުގައި ޖަޕާނުގެ މަޝްހޫރު ކުންފުނިތައް ކަމަށްވާ ސުޒުކީ އާއި އިޓޯޗޫ ހިމެނޭހެން، ޖުމްލަ 50 އަށްވުރެ ގިނަ ކުންފުނިތަކާއި ޖަމްއިއްޔާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ. (މަސްދަރު: ނިކޭ، ރޮއިޓަރސް)

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް