ޚަބަރު

ހުޅުމާލެ ފިހާރައަކަށް ވަޅިއެއް ހިފައިގެން ވަދެ، މާރާމާރީ ހިންގައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ހުޅުމާލެ ފޭސް 2 ގެ ފިހާރައަކަށް ތޫނު ހަތިޔާރު ހިފައިގެން މީހަކު ވަދެ މާރާމާރީ ހިންގައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލަ މިއަދު ރިޕޯޓުކޮށްފައިވާ ކަމަށާއި މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ފުލުހުން އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.