އަމާން ދޯދި ޓަވަރުން 16 އަހަރުގެ ކުޑަކުއްޖަކު ވެއްޓި ފަރުވާދެނީ
ހުޅުމާލެ ދެވަނަފިޔަވަހީގައި ހުންނަ އަމާން ދޯދި 5ވަނަ ޓަވަރުގެ ދެ ވަނަ ފަންގިފިލާއިން 16 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ހުޅުމާލެ ފޭސް 2 އަމާން ދޯދި 5ގެ ދެ ވަނަ ފަންގިފިލާއިން 16 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިފައިވާ ކަމަށް ރޭ 23:14 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެ ކުއްޖާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ހޯދަމުންގެންދާ ކަމަށެވެ.
މި ހާދިސާގައި އަނިޔާވި ކުއްޖާ މިހާރު ފަރުވާހޯދަމުން ގެންދަނީ އައިޖީއެމް ހޮސްޕިޓަލުގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އައިޖީއެމް ހޮސްޕިޓަލުން "ދެން"އަށް މައުލޫމާތުދިން ގޮތުގައި އެ ކުއްޖާ ފަރުވާހޯދަމުންގެންދަނީ ވެންޓިލޭޓަރުގެ އެހީގައެވެ.
މި މައްސަލަ ފުލުހުންދަނީ ތަހުގީގުކުރަމުންނެވެ.