ބޮލީވުޑް މުނިފޫހިފިލުވުން

ދީޕިކާ ކުށް ޤަބޫލުކޮށްފި! ބުނީ ދެން އެކަހަލަ އިޝްތިހާރެއް ނުކުޅޭނެ ކަމަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މޫނުގެ ހަންގަނޑުގެ އަލިވެ، މޫނު ދޮން ވާނެ ކަމަށް ބުނެ ކުރިން އިޝްތިހާރު ކުޅެވުނީތީ ދެރަވާކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ދީޕިކާ ޕަދުކޯން ބުނެފިއެވެ.

Ads by STELCO

ހަމުގެ ކުލަ ދޮންވުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދައްކާ އިޝްތިހާރު ކުޅުމުގެ ސަބަބުން ގިނަ އެކްޓަރުންނަކަށް ވަނީ މިފަހަކަށް އައިސް އާއްމުންގެ ނުރުހުން އަމާޒުވެފައެވެ. މީހުން ބުނެފައިވަނީ އެތަރިން "ރޭސިޒަމް" ޕްރޮމޯޓުކުރީ ކަމަށާއި ހަމުގެ ކުލަ ދޮން ނޫން މީހުންނާއި މެދު ތަފާތުކުރުން ގެންގުޅޭ ކަމަށެވެެ.

ދީޕިކާ ވެސް މީގެ ކުރިން އެފަދަ އިޝްތިހާރު ކުޅެފައިވާތީ، "ޑީއެންއޭ" އަށް މައުލޫމާތު ދިން މީހަކު ބުނެފައިވަނީ އެއިޝްތިހާރުތައް ކުޅެވުނީތީ މިހާރު އޭނާ ދެރަވާ ކަމަށެވެ.

"ދީޕިކާ އަށް އޭނަގެ ކުށް ޤަބޫލުކުރޭ. ބުނީ އެފަދަ އިޝްތިހާރު ކުޅެ، މޫނު ދޮންކުރާ ކްރީމްތައް ޕްރޮމޯޓު ކުރުމަކީ އޭނައަށް ހެދުނު ގޯހެއް ކަމަށް. ދެން އެކަހަލަ އިޝްތިހާރު ނުކުޅެން ވެސް ދީޕިކާ ވަނީ ނިންމާފަ" ދީޕިކާގެ ގާތް މީހަކު ބުނެފައިވެއެވެ.

މެގަޒިން އަކަށް މައުލޫމާތު ދެމުން ދީޕިކާ ބުނެފައި ވަނީ އޭނާ އެފަދަ އެއްވެސް ކްރީމެއް އަމިއްލައަށް ބޭނުން ނުކުރާ ކަމަށާއި، ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން މޭކަޕްތައް ފިލުވާލުމަށްފަހު، ބޭނުން ކުރަނީ ހަމަ އެކަނި ނައިޓް ކްރީމެއް ކަމަށެވެ.

Ads by Ooredoo
  1. ތިކަހަލަ ދީޕިކާއިން ރާއްޖޭގަވެސް މި އުޅެނީ. ހަމުގެ ކުލަ ކަޅު އަންހެނަކު އެބަ އުޅޭތަ މިހާރު މި ރާއްޖޭގަ. ކަޅު އަންހެނުން އުފަން ނުވަނީބާއޭ ހިތައް އަރަނީ. ހަމުގެ ކުލަ ދޮން ކުރުމަކީ ހަމަ ރޭސިޒަމް ގެ އަމަލެއް. އެކަމުން ބުނެދެނީ ކަޅު މީހެއް ގޮތުގަ ނުހުންނާށޭ، ދޮން މީހަކަށް ވާށޭ.

    • ބައިވަރު.
      އިންސްޓަގްރާމް ބަލާލަބަލަ. ފެންނާނެ މޫނުން ރަންކުލަ އަރާ އަންހެނުން. އެކަމަކު އަތްތިލަ އަދި ފައިތިލަ އެފޮޓޯތަކުން ބެލީމައި އެނގޭނެ ރާއްޖޭގައިވެސް މޫނުގައި ރަންކުލަ ހުއްޓަސް ހަންގަނޑު ކަޅު އަންހެނުން އުޅޭކަން.