ޚަބަރު

ޓެކްސް ކޮމިޝަނަރަކަށް އަމީޒާ އައްޔަން ކުރުމަށް ރުހުން ދީފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
20ވަނަ ރައްޔިތުންގެ މަޖިލިސް:ފާއިތުވެ ދިޔަ ތިން މަޖިލީހުގެ އަޣްލަބިއްޔަތަކީ ވެސް ސަރުކާރު ހިންގާ ޕާޓީ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ގދ. ގައްދޫ، ކޯޒީރައުންޑް ފާތިމަތު އަމީޒާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ރައްޔިތުންގެ މަޖިިލީހުން އަމީޒާ އެ މަގާމަށް އައްޔަނުކުރެއްވުމަށް ރުހުން ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޓެކްސް ކޮމިޝަނަރަކު އައްޔަނު ކުރުމަށް ހުށަހެޅުއްވި ނަން ދިރާސާކުރުމަށްފަހު ތަޅުމުގައި ނެގި ވޯޓަކުންނެވެ. މި މަގާމަށް އަމީޒާ އައްޔަނުކުރުމަށް ފާސްވީ ވޯޓުދެއްވި 64މެންބަރުންގެ އިއްތިފާގުންނެވެ.

މި މަގާމަށް އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ދެ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހުގެ ތަޅުުމަށް ހުށަހަޅުއްވާފައިވެއެވެ. އެއީ ހއ. ތަކަންދޫ، ސާދާގެ މުޙައްމަދު ހަލީމް ޢަބްދުﷲ އާއި ގދ. ގައްދޫ، ކޯޒީރައުންޑް ފާތިމަތު އަމީޒާގެ ނަންފުޅެވެ.

މި މަގާމު ހުސްވެފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި  ހަސަން ޒަރީރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!