ދުނިޔެ

ޖަޕާނުގެ އެންޓީޓީ ޑޭޓާއިން އިންޑިއާގައި އާ ޕޭމަންޓް ޕްލެޓްފޯމެއް ތަޢާރަފުކޮށްފި

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

މުމްބާއީ -- އިންޑިއާގައި ހަލުވިކަމާއެކު ފުޅާވަމުން އަންނަ ޕޭމަންޓް މާކެޓުގެ ބޮޑު ހިއްސާއެއް ހޯދުމުގެ އަމާޒުގައި، ޖަޕާނުގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި ކަމަށްވާ "އެންޓީޓީ ޑޭޓާ" އިން އިންޑިއާގައި އާ ޕޭމަންޓް ޚިދުމަތެއް ތަޢާރަފުކޮށްފިއެވެ.

އެ ކުންފުނިން ޤައުމުން ބޭރުގައި ކުރިއަށްގެންދާ ޕޭމަންޓް ވިޔަފާރިތަކަށް ބަލާއިރު، މިވަގުތު އެންމެ މުހިންމު ޤައުމަކީ އިންޑިއާ ކަމަށް އެންޓީޓީ ޑޭޓާއިން ވަނީ ފާހަގަކޮށްފައެވެ.

ޖުލައި މަހުގެ 30 ވަނަ ދުވަހު މުމްބާއީގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އެ ކުންފުނީގެ އިސްވެރިން ކަމަށްވާ ޝިނީޗިރޯ ނިޝިކާވާ އަދި ޓަކެއޯ އުއެނޯ ވަނީ މި އާ ޚިދުމަތާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. (މި ބައްދަލުވުމުގެ ފޮޓޯތައް ނަގާފައިވަނީ ޓަކަނޯރީ އޮކާބޭ އެވެ.)

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!