ޚަބަރު

ލ.ގަމުން އިތުރު 3 މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ލ.ގަމުން މިއަދު ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން މިހާތަނަށް 3 ފަރާތެއްގެ ސާމްޕަލް ކޮވިޑަށް ފައްސި ވެފައިވާކަމަށް ލ.ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

އެގޮތުން ފައްސިވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ތުނޑީ އަވަށު ހޯމް ކަރަންޓީނުގައި ތިބި ދެ މީހުންގެ އިތުރުން އެމްއެންޑީއެފްގެ ކްލާސްޓާރ އާއި ގުޅުންހުރި ފަރާތެއް ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

މިވަގުތު ލ،ގަމުގައި ފައްސިވެފައިވާ 3 ފަރާތެއް ހޯމް އައިސޮލޭޝާންގައި އެބަތިބި ކަމަށާއި އަދި އެމްއެންޑީއެފް ކްލާސްޓާރގެ މިވަގުތުގެ ޖުމުލަ އަދަދަކީ 59 ކަމަ ށްވެސް ލ.ގަމު ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

މިއަދު ފައްސިވީ ހޯމް ކަރަންޓީނުގައި ތިބި ދެމީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރަމުން އެބަ ދާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!