ޚަބަރު

އޭޑީކޭއިން ފޯނެއް ވަގަށް ނެގި މައްސަލައިގައި އެންމެ ފަހުން މީހަކު ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އޭޑީކޭ ހޮސްޕިޓަލް.

އޭޑީކޭގައި އެޑްމިޓްކުރާ ރޫމްއަމުން ފޯނެއް ވަގަށް ނެގި މައްސަލައިގައި އެންމެ ފަހުން މީހަކު ހައްޔަރުކޮށްފިއެވެ.

މި މަހުގެ ތިން ވަނަ ދުވަހު އެ ހާދިސާ ހިނގީ ކޮޓަރީގައި އުޅުނު މީހާ ދަރިފުޅު ގޮވައިގެން ފާހާނާއަށް ވަން ގަޑީގައެވެ. އެ މައްސަލައިގައި ކޮޓަރި ސަރަހައްދުގެ ފުޓޭޖް ބަަލައިނުދީގެން ވެސް އޮތީ ވަރަށް ބޮޑަށް ޝަކުވާކޮށްފައެވެ.

ކްރިމިނަލަ ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ހދ. ކުޅުދުއްފުށި/ސްވީޓްފްލާވާ، އަލީ ހުސެއިން (37އ)އެވެ.

ނަމަވެސް އަލީ ވަނީ ތުހުމަތުތަަކަށް އިންކާރުކޮށް ވަކީލަކާއެކު މައްސަލައިގައި ކުރިއަށް ދާން ބޭނުންވާކަމަށް ބުނެފައެވެ.

ބަންދު މަޖިލީހުގައި އަލީ ބުނީ އެއްޗެއް ވަގަށް ނުނަގާ ކަމަށާއި އޭނާއާއެކު ހުރި މީހަކު ބުނެގެން އޭޑީކޭގެ ރޫމްތަކަށް ވަންނަމުން ދިޔައީ ކަމަށެވެ.

އެ މައްސަލައިގައި އޭނާ 10ދުވަހަށް ބަންދުކުރަން ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!