ޚަބަރު

ވާހަކަ ދެއްކުމުގެ ގައުމީ މުބާރާތުން ރަންވަނަތަކަށް ހޮވޭ ފަރާތްތަކަށް އުމްރާ ދަތުރު ދެނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އިސްލާމިކް މިނިސްޓަރު ޑރ. މުހަެއްމަދު ޝަހީމް އަލީ ސައީދު--

ވާހަކަ ދެއްކުމުގެ ގައުމީ މުބާރާތުން ރަންވަނަތަކަށް ގޮވޭ ފަރާތްތަކަށް އުމްރާ ދަތުރު ދޭ ގޮތަށް ނިންމައިފިއެވެ.

ވާހަކަ ދެއްކުމުގެ ގައުމީ 39ވަނަ މުބާރާތް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތަށް ފަހު އިސްލާމިކް މިނިސްޓަރު މީޑީއާތަކާ ހިއްސާކުރި މެސެޖުގައި ވިދާޅުވީ މުބާރާތުން އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ހޮވޭ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން އުމްރާ ދަތުރު ހަމަޖައްސައިދޭނެ ކަމަށެވެ. އަދި މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އެގޮތަށް އުމްރާ ދަތުރުތައް ދޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މަހުގެ 30ގެ ނިޔަލަށް ކުރިއަށް ގެންދާ އެ މުބާރާތުގައި މި ފަހަރު 325 ބައިވެރިން ބައިވެރިވެފައިވެއެވެ.

ދިވެހިބަހުގެ އެކެޑަމީއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގައި ސްކޫލުތަކުގެ ބަޔާއި އަމިއްލަ ފަރުދުންގެ ބަޔާއި އަދި މުވައްސަސާތަކުގެ ބައިތައް ވެސް ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!