ލައިފްސްޓައިލް ޓެކްނޮލޮޖީ

އައިފޯން 12 ދައްކާލައިފި، ގަނެދޭނީ ކާކު؟

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އެޕަލް އިން އައިފޯންގެ ޑިޒައިނަށް ބައެއް ބަދަލުތައް ގެނެސް 5ޖީ އާ އެކު އައިފޯން 12 އާއި އައިފޯން 12 މިނީ އާއި އައިފޯން 12 ޕްރޯ އަދި އައިފޯން 12 ޕްރޯ މެކްސް ދައްކާލައިފި އެވެ.

Ads by MWSC

ރޭ އެޕަލް އިން ބޭއްވި އިވެންޓެއްގައި އައިފޯންގެ އައު 4 ފޯނެއް ދައްކާލާފައިވާއިރު، ކުރިން ވެސް އަޑު ފެތުރިފައިވާ ގޮތަށް އެޕަލް އިން މިފަހަރު ވަނީ އައިޕެޑް ޕްރޯ އާއި އައިޕެޑް އެއާގައި ހުންނަ ގޮތަށް ފޯނުގެ ދާރަތައް ބަދަލުކޮށްފަ އެވެ. މި އެންމެ ވައްތަރުވާނީ ކުރީގެ އައިފޯން 4 އަކާ އެވެ.

އެޕަލް އިން އައިފޯން ޕްރޯގެ 128 ޖީބީ ވިއްކަން ނިންމާފައިވަނީ 999 ޑޮލަރަށެވެ. ޕްރޯ މެކްސްގެ ފެށޭ އަގަކީ 1،099 ޑޮލަރެވެ. އައިފޯން 12، 799 ޑޮލަރަށް ވިއްކަން ނިންމާފައި ވާއިރު މިނީ ވިއްކާނީ 699 ޑޮލަރަށެވެ.

އެޕަލް އިން ޕްރީއޯޑަރަށް މި މަހުގެ 16 ގައި ހުޅުވާލުމަށް ފަހު 23 ގައި ޝިޕްކުރަން ފަށާނެ އެވެ. ޕްރޯ މެކްސް އާއި މިނީ ޝިޕްކުރަން ފަށާނީ ނޮވެމްބަރު 13 އިން ފެށިގެންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!