ޚަބަރު

ޓެރަރިޒަމް ލިސްޓުން ސޫރިޔާގެ ނަން އުނިކުރުމުން ރާއްޖެއިން މަރުހަބާ ކިޔައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ފޮރިން މިނިސްޓްރީ ހިންގާ ފަތުހުﷲ ޖަމީލް ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

އެމެރިކާގެ ސްޓޭޓް ސްޕޮންސާސް އޮފް ޓެރަރިޒަމް ލިސްޓުން ސީރިޔާ އުނިކުރުމަށް ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއީ ލިބުނު މުހިންމު ކުރިއެރުމެއް ކަމަށާއި މި ކުރިއެރުމަށް ރާއްޖެއިން ހޫނު މަރުހަބާ އެއް ކިޔާ ކަމަށެވެ. އަދި އެ ގައުމުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ހަމަޖެހުމާ ރައްކާތެރިކަމާ ފާގަތިކަމަށް އެދި ހެޔޮއެދުންތައް އަރިސް ކުރާ ކަމަށެވެ.

މި ނިންމުމުގެ ސަބަބުން ސީރިޔާ އަލުން އާރާސްތުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބާރެއްލިބި އެ ގައުމުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެގެންދާނެ ކަމަށް ރާއްޖެއިން އުންމީދު ކުރާ ކަމަށާއި މިކަމުގެ ސަބަބުން އެ ގައުމުގެ ރައްޔިތުންނަށް އާމްދަނީ ހޯދުމުގެ ފުރުސަތުތައް ރަނގަޅުވެގެންދާނެ ކަމަށް ވެސް ރާއްޖެއިން އުންމީދު ކުރާ ކަމަށް އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން  ސީރިޔާގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލުގެ އިތުރުން އެ ގައުމުގެ އިސްނެގުމާ އެކު އެ ގައުމުގެ ރައްޔިތުންގެ ހައްގުތައް ހާސިލްކުރުމަށް ކުރިއަށްދާ އެންމެންގެ ބައިވެރިވުން ހިމެނޭ ސިޔާސީ ހަރަކާތްތަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދު ކުރާކަމަށް ވެސް ބަޔާނުގައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!