ދުނިޔެ

ގިނަ ބައެއްގެ ކަންބޮޑުވުން: އައިފޯން 12އާއެކު ޗާޖަރާއި ހެޑްސެޓެއް ނުލިބޭނެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މީސްމީޑިއާގައި މިއަދު އެންމެންހެން ދައްކާ ވާހަކަ އަކީ އެޕަލް އައިފޯންގެ އެންމެ ފަހުގެ މޮޑެލް އައިފޯން 12 ރޭ ލޯންޗް ކުރި ވާހަކައެވެ. އެ ފޯނުގެ ރީތި ފޮޓޯ ތަކުން މުޅި މީސްމީޑިއާ ވަނީ ފުރާލެވިފައެވެ.

Ads by Sosun Fihaara

އެޕަލްއިން ލޯންޗު ކުރީ ހަމައެކަނި ފަހުގެ އައިފޯނެއް ނޫނެވެ. ފަހުގެ އައިފޯންގެ އެކި މޮޑެލްތަކާއެކު ހޯމްޕޮޑް މިނީގެ ނަމުގައި ވެސް ޑިވައިސް އެއް ވަނީ ލޯންޗު ކޮށްފައެވެ. މި ޑިވައިސް އަކީ އެމެޒަން އެލެކްސާ ފަދަ ގޭގައި ބޭނުން ކުރާ ޑިވައިސްއެކެވެ.

މިހުރިހާ ކަމަކާއެކު އެޕަލް ބްރޭންޑުގެ ޕްރޮޑަކްޓްތަކަށް ލޯބިކުރާ ފަރާތްތަކުން ތިބީ ވަރަށް އުފަލުންނެވެ. ނަމަވެސް އެފަރާތްތަކަށް މާޔޫސް ކަމެއް ގެނުވީ، ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ކަމުގައި ބުނެ ޗާޖަރު ފޯނާއެކު ނުދިނުމަށް ނިންމުމެވެ. ޗާޖަރު އެކަންޏެއް ނޫނެވެ. "ބޭކާރު އެއްޗެހި" ދިނުން ހުއްޓާލުމުގެ ގޮތުުން ހެޑްސެޓެއް ވެސް އައިފޯން 12 އާއެކު ނުލިބޭނެއެވެ.

ޗާޖަރު ނުލިބުނު ކަމުގައި ވިޔަސް އައިފޯނާއެކު ޗާޖަރު ވާގަނޑު ލިބޭނެއެވެ. މާނައަކީ ޗާޖަރު ވާގަނޑާއެކު ބޭނުން ކުރަން ޖެހޭނީ ކުރީގެ އެޑަޕްޓަރެވެ.

ރޭ ނެރުނު އައިފޯން ތަކުގެ ތެރެއިން އެންމެ މޮޅު ދެފޯން ކަމަށްވާ އައިފޯން 12 ޕްރޯ އާއި އައިފޯން 12 ޕްރޯ މެކްސްގެ އަގު ބޮޑެވެ. އައިފޯން ޕްރޯގެ އަގަކީ 999 އެމެރިކާ ޑޮލަރެވެ. އަދި އައިފޯން 12 މެކްސްގެ އަގަކީ 1099 އެމެރިކާ ޑޮލަރެެވެ. އައިފޯން 12ގެ އަގަކީ 799 އެމެރިކާ ޑޮލަރު ކަމަށް ވާއިރު އައިފޯން 12 މިނީގެ އަގަކީ 699 އެމެރިކާ ޑޮލަރެވެ.

 

Ads by Ooredoo
  1. ބްރޯ ކޮންތާކުން ހޯދި ފޮޓޯ އެއް އޭނީ މިކަހަލަ ނިއުސް އަކަށް ލާން ������ ލާފް ރިއެކްޓް ނުދައްކާ ކޮމެންޓް ކުރިޔަސް �