ޚަބަރު

މާލޭ ގެއެއްގެ ތެރެއިން ހާލުދެރަވެފައި އޮއްވައި ފެނުނު މީހެއް މަރުވެއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މާލެ ގެއެއްގެ ތެރޭގައި ހާލު ދެރަވެފައި ތިއްބައި ފެނުނު ދެ މީހުންގެ ތެރެއިން އެކަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ މާފަންނު ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި ދެ މީހަކު ހާލުދެރަވެފައި އޮތްކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:34 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. އަދި ހާލުދެރަވެފައިވާ ދެ މީހުންގެތެރެއިން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ މީހާ ނިޔާވެފަވާކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ.

ނިޔާވެފައި ވަނީ ދަފްތަރު ނަންބަރު ރސ 6210 / މާލެ، ޒާހިދާ ތައުފީޤު (51އ) އެވެ.

ހާލު ދެރަވި 19 އަހަރުގެ އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

މި ކަން ހިނގައިދިޔަ ސަބަބެއް ފުލުހުން އަދި ނުބުނެއެވެ. ނަމަވެސް ބައެއް މީޑިއާތައް ރިޕޯޓްކޮށްފައިވާ ގޮތުގައި އެކަން ހިނގީ ގޭސް ލީކްވުމުގެ ސަބަބުންނެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!