ޚަބަރު

ބުރިޖްގައި އެކްސިޑެންޓެއް ހިނގައި އެކަކަށް ފަރުވާދެނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
މާލެ ހުޅުމާލެ ބްރިޖު

މިއަދު ހެނދުނު ، ސިނަމާލޭ ބްރިޖްގައި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހަކަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުން އެބަދެއެވެ.

ފުލުހުން ބުނީ ބްރިޖް ހައިވޭގައި ސައިކަލެއް ކަހާލައިގެން ވެއްޓި އެކްސިޑެންޓް ވެފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 09:01 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި މި އެކްސިޑެންޓްގައި އަނިޔާވި 21 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށެވެ.

އެމީހާއަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!