ޚަބަރު

ކާރެއް ފޭރި އެކްސިޑެންޓްތައް ކުރި މީހާ 15 ދުވަހަށް ބަންދުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ފުވައްމުލަކު ސިޓީގައި ކާރެއް ފޭރިގެން ގޮސް ފުލުފުލުގައި އެކްސިޑެންޓްތައް ހިންގާލީ މީހާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ކާރުގެ ވެރިފަރާތަށް އަނިޔާކޮށް، ކާރު ހަލާކުކޮށްލާނެ ކަމަށް ބުނެ އިންޒާރުދިނުމަށް ފަހު ގަދަކަމުން ކާރު އަތުލައިގެން ގޮސް ރޭ އިރުއްސުނު އިރު ހިނގި އެ ހާދިސާގައި އެ ކާރު ވަނީ ފުވައްމުލަކު މޫޑިގެ ކުރިމަތިން ދުއްވާފައި ގޮސް ސައިކަލެއްގައި ޖައްސައި އެކްސިޑެންޓްކޮށްލުމަށް ފަހު، މަޑުނުކޮށް ގޮސް އެ މަގުން ދަތުރުކުރި އެހެން ކާރެއްގައްޔާއި ރުކެއްގައި ޖައްސާފައިވާ ޖައްސައިފައެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި އަންދާޒު/ޏ. ފުވައްމުލަށް، އަހުމަދު އައުނުﷲ ނަމަކަށް ކިޔާ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ބުންޏެވެ.

ރޭ ހިނގި އެ އެކްސިޑެންޓުތަކުގައި ސައިކަލު ދުއްވި އަންހެން މީހާއަށާއި ފަހަތުގައި އިން 8 އަހަރުގެ އަންހެން ކުއްޖާއަށް އެކިވަރުގެ އަނިޔާތައް ލިބިގެން ފުވައްމުލައް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އެ ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ ހައްޔަރުކުރި މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވޭ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!