ޚަބަރު

މިލަންދޫގައި އަޅަމުންދާ 50 ހައުސިން ޔުނިޓްގެ މަސައްކަތް ގާތްގަނޑަކަށް އެއްކޮށް ނިމިއްޖެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މިލަންދޫގައި އަޅަމުންދާ ހައުސިން ޔުނިޓްތައް--

ށ. މިލަންދޫގައި އަޅަމުންދާ 50ހައުސިން ޔުނިޓްތަކުގެ މަސައްކަތް ގާތްގަނޑަކަށް އެއްކޮށް ނިމިއްޖެއެވެ.

ހައުސިން މިނިސްޓްރީން ބުނީ އެ ހައުސިން ޔުނިޓްތަކުގެ 95ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތްތައް ކަމަށް ވެސް ބުންޏެވެ.

މިލަންދޫގައި 50ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްގެންނެވެ.

މި މަޝްރޫއުގެ ދަށުން މިލަންދޫގައި 3ކޮޓަރީގެ 50ހައުސިން ޔުނިޓް އިމާރާތްކުރާނެއެވެ.

މިލަންދޫއަކީ ށ. އަތޮޅުގައި އެންމެ ބޮޑަށް ތަރައްގީވެފައިވާ ރަށެވެ.

އެ ރަށުގެ އާބާދީގައި 2000އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!