ކްލާސް ގަޑީގައި މޫނު ބުރުގާ ނަގަން އެއްބަސް ނުވެގެން، މަންދު ކޮލެޖުން ދަރިވަރަކު ވަކި ކޮށްފި
ރާއްޖޭގައި ގިނަ އަހަރުތަކެއް ވަންދެން މަތީ ތަޢުލީމު އުނގަންނައި ދެމުން އަންނަ މަންދު ކޮލެޖުން، ދަރިވަރަކު މޫނު ބުރުގާ އަޅާތީ، އެކޮލެޖުން ވަކި ކުރިކަމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ސިމާނާ އަލީ ނަމަކަށް ކިޔާ އެދަރިވަރަށް މަންދު ކޮލެޖުން ފޮނުވާފައިވާ މެއިލް އޭނާ ވަނީ މީސްމީޑިއާގައި ހިއްސާ ކޮށްފައެވެ.
މަންދު ކޮލެޖުގެ "އައިޝަތު ޝަބާނާ" ގެ ފަރާތުން ކޮށްފައިވާ އެމެއިލުގައި ބުނެފައިވަނީ އެކޮލެޖަށް އެދަރިވަރު ވަނުމަށް އެންމެ ފުރަތަމަ ފުރުސަތު ދިންއިރު، ދަރިވަރަކީ މޫނު ބުރުގާ އަޅާ މީހެއްކަން އެނގިފައި ނުވާ ކަމަށެވެ. އަދި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) ގެ ޤަވާއިދުގައި ބުނާ ގޮތުންނަމަ، ކިޔަވައިދޭ ގަޑީގައި (ކުލާސް ގަޑީގައި) ދަރިވަރުންގެ މޫނު ފެންނަން ޖެހޭ ކަމަށް ވެސް އެމެއިލުގައި ބުނެފައިވެއެވެ.
މީގެއިތުރުން އެމެއިލުގައި ބުނެފައިވަނީ އެކޮލެޖުން ތަޢުލީމު ހާސިލު ކުރަން ބޭނުންނަމަ ކްލާސް ގަޑީގައި މޫނު ބުރުގާ ނެގުމަށެވެ. އެހެން ނޫންނަމަ އެކޯހުން ވަކިކުރަން ޖެހޭކަން މަންދު ކޮލެޖުން ވަނީ އެދަރިވަރަށް އަންގާފައެވެ.
ކޯހަށް ދެއްކި ފައިސާ އަނބުރާ ހޯދުމަށް ފޯމެއް ފުރުމަށާއި އެމެއިލާއެކު ފޯމުވީ އެންމެ އަވަހަކަށް ފުރުމަށްފަހު އެކޮލެޖަށް ހަވާލު ކުރުމަށާއި އެފައިސާ ބަލާ ދާއިރު އެކޮލެޖުން ދިން "ސްޓަޑީ ކިޓް" މަންދު ކޮލެޖަށް އަނބުރާ ރައްދު ކުރުމަށް ވެސް އެކޮލެޖުން ބުނެފައިވެއެވެ.
"ދެން" އަށް މައުލޫމާތު ދެމުން ސިމާނާ ބުނީ އިއްޔެ މަންދު ކޮލެޖުން މިފަދައިން އަންގާފައިވާއިރު، އޭނާއަކީ މިހާރުވެސް އއ. ހިމަންދޫ ސްކޫލު ގެ ޓީޗަރެއް ކަމަށެވެ.
"ވަކިވާން ޖެހޭނެ ކަމަށް ބުނުއްވީ. ކުރިއަކަށް ނުގެންދެވޭނޭ" ސިމާނާ ބުންޏެވެ.
ސިމާނާ ބުނީ، ކްލާސް ގަޑީގައި މޫނު ދައްކައިގެން އިނުމަށް (މޫނު ބުރުގާ ނެގުމަށް) މަންދު ކޮލެޖުން އެދުނު ކަމަށާއި، އެކަމަށް އެއްބަސް ނުވުމުން، ކޯހުން ވަކިވާން ޖެހޭކަމަށް ބުނި ކަމަށެވެ.
މިކަމާއި ގުޅޭގޮތުން އެމްކިޔުއޭ ގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ. އަދި މަންދު ކޮލެޖުގެ ބަހެއް ހޯދާލުމަށް ވެސް "ދެން" ގެ ފަރާތުން ގުޅާލުމުން ރިސެޕްޝަނުން ވަނީ މީޑިއާ އަށް މައުލޫމާތު ދެއްވާމީހާ އެވަގުތު ކޮލެޖުގައި ނެތް ކަމަށް ބުނެފައެވެ. އެފަރާތުގެ ނަންބަރު ދެއްވުމަށް އެދުމުން ކޮލެޖުން ބުނެފައިވަނީ "އަހާލާފައި ގުޅާނަން" ކަމަށެވެ. ނަމަވެސް އެފަރާތުން ވަކި ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
މޫނު ބުރުގާ އަޅާތީ ދަރިވަރަކު ވަކި ކުރަން މަންދު ކޮލެޖުން ވިސްނާފައިވާއިރު، ރާއްޖޭގައި ހުރި މަޝްހޫރު ދެ ކޮލެޖު ކަމަށްވާ އެމްއައި ކޮލެޖާއި އެވިޑް ކޮލެޖުގައި މޫނު ބުރުގާ އަޅާފައި ތިބި ކިތަންމެ ދަރިވަރުންނެއް ތައުލީމު ހާސިލު ކުރަމުންދެއެވެ. މީގެއިތުރުން ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީގައި ވެސް މޫނު ބުރުގާ އަޅާފައި ތިބި ކުދިން މަތީ ތަޢުލީމު ހާސިލު ކުރަމުންދާކަން ފާހަގަވެއެވެ.
ބޯގަންވިލާ އާއިލާ އައް ނިސްބަތްވާ މީހަކު ހުންނަތަނެއް ގެ މީހަކު ދުވަހަކު ވެސް ރަނގަޅު ނުވާނެ
އަދި ނިންމާނެ ކްލާސް ގަޑީގައި އޮރިޔާމުން ތިބެންވެސް..